ފުރަތަމަ ޞަފްޙާ | އަޤީދާ | ޤުރްއާނުގެ ޢިލްމާއި ތަފްސީރު | ޙަދީޘް ޢިލްމު | ފިޤްހު | ޢިލްމީ ރައްދު | ފަތުވާ އާއި ސުވާލާއިޖަވާބު | ނަބަވީ ސީރާއާއި ތާރީޚް
އިސްލާމީ ތަރުބިއްޔަތު | އަންހެނުންނާއި މުސްލިމް ޢާއިލާ | ފަހުގެ މައްސަލަތައް | ފިޤްހު އެކެޑެމީގެ ޤަރާރުތައް | ދުޢާ | އެހެނިހެން

 
 
 
  Noorul-islam.NET LIBRARY :: ތިން އަޞްލު އަދި އޭގެ ދަލީލުތައް - ثلاثة الأصول وأدلتها
ލައިބްރަރީ » ތައުޙީދާއި ޢަޤީދާ »

ތިން އަޞްލު އަދި އޭގެ ދަލީލުތައް - ثلاثة الأصول وأدلتها

ތަރުޖަމާ ކުރެއްވީ: އައްޝައިޚް މުޙައްމަދު ޝާފިޢު
ކުރު ޚުލާޞާ:

ޘަލާޘަތުލް އުޞޫލި ވަ އަދިއްލަތުހާ (ތިން އަޞްލާއި އޭގެ ދަލީލުތައް) އަކީ ޝައިޚުލް އިސްލާމުގެ މަތިވެރި ލަޤަބު އެރުވިގެންވާ އިސްލާމްދީނުގެ މުޖައްދިދު އިމާމު މުޙައްމަދު ބިން ޢަބްދިލް ވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ ރިސާލާއެކެވެ. މިރިސާލާ ބިނާކުރައްވާފައިވަނީ ކަށްވަޅުގައި އިންސާނާއާ ކުރެއްވޭނެކަމަށް ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވާ ތިން ސުވާލުގެ ޖަވާބުގެ މައްޗަށެވެ. އެއީ ތިމާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމާއި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ. މިރިސާލާގައިވަނީ އިންސާނާ މަޢުރިފާކޮށް ދެނެގަތުން ވާޖިބުވެގެންވާ އަޞްލުތަކެވެ. އެއީ އަޅާ އޭނާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަޅުކަންތަކުގެ ވައްތަރުތަކާއި، އަޅާ އޭނާގެ ދީން ދެނެގަތުމާއި ދީނުގެ ހަރުފަތްތަކާއި ކޮންމެ ހަރުފަތްތަކެއްގެ ރުކުންތަކާއި، އަޅާ އޭނާގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަންނާނޭ ގޮތާއި، އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ބައެއް ޞަފްޙާތަކާއި، އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުމުގެ ޙިކްމަތާއި، މަޙްޝަރުކުރެއްވުމާއި، އަލުންދިރުއްވުމާއި، އީމާންވުމާއި ތައުޙީދުގެ ދެރުކުންކަމުގައިވާ ތާޣޫތަށް ކާފިރުވުމާއި ﷲއަށް އީމާންވުމުގެ މައްޗަށެވެ. މިހުރިހާ ކަމެއްގެ ދަލީލުތައް ޝައިޚު މިރިސާލާގައި ގެންނަވާފައިވެއެވެ. މިރިސާލާ ލިޔުއްވި ޝައިޚަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހެޔޮޖަޒާ ދެއްވާށި! އަދި މި ރިސާލާއިން މަންފާ ލިބިގަތުމުގެ ތައުފީޤު ދިވެހި އުންމަތަށް ދެއްވާ، މި ޢަމަލަކީ މިއަޅާއަށް ކުރެވުނު އިޚްލާޞްތެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކަމުގައި ލައްވާށިއެވެ! އާމީން

ޞަފްޙާގެ ޢަދަދު: 42
ފައިލް ސައިޒް: 1.83MB
ފައިލް ބާވަތް:

  ނޫރުލްއިސްލާމް ލައިބްރަރީ އަކީ:
 

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.

މީގެ ކުރިންވެސް މި ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.

މި ލައިބްރަރީގައި ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ ހިމަނާފައެވެ.

އަބަދުވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

=އެޑިޓަރ=

 
 
 

ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ ނޫރުލްއިސްލާމްގެ އެއްވެސް މާއްދާއެއް ލިޔުމުން ހުއްދަ ލިބިގެން މެނުވީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހިލޭ ބެހުމަށްޓަކައި މި ވެބްސައިޓުގައިވާ ކޮންމެ މާއްދާއެއްވެސް ބޭނުންކުރުމުގެ ހުއްދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެން ވެއެވެ.
ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓް ނެޓްވޯކް 2011