ފުރަތަމަ ޞަފްޙާ | އަޤީދާ | ޤުރްއާނުގެ ޢިލްމާއި ތަފްސީރު | ޙަދީޘް ޢިލްމު | ފިޤްހު | ޢިލްމީ ރައްދު | ފަތުވާ އާއި ސުވާލާއިޖަވާބު | ނަބަވީ ސީރާއާއި ތާރީޚް
އިސްލާމީ ތަރުބިއްޔަތު | އަންހެނުންނާއި މުސްލިމް ޢާއިލާ | ފަހުގެ މައްސަލަތައް | ފިޤްހު އެކެޑެމީގެ ޤަރާރުތައް | ދުޢާ | އެހެނިހެން

 
 
 
  Noorul-islam.NET LIBRARY :: ރަމަޟާންމަހު އެންމެ ހެޔޮގޮތުގައި ވަގުތުގެ ބޭނުން ކުރުމަށް އެހީތެރިވެދޭނެ 10 ގޮތެއް
ލައިބްރަރީ » އެހެނިހެން »

ރަމަޟާންމަހު އެންމެ ހެޔޮގޮތުގައި ވަގުތުގެ ބޭނުން ކުރުމަށް އެހީތެރިވެދޭނެ 10 ގޮތެއް

ތަރުޖަމާ ކުރެއްވީ: މަރްޔަމް ޣާނިޔާ
ކުރު ޚުލާޞާ:

މިއީ ފަޟީލަތުއްޝައިޚް އަބޫ މުޢާވިޔާ އިސްމާޢީލް ކަމްދަރު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެކެވެ. ޝައިޚް އަބޫ މުޢާވިޔާ އިސްމާޢީލް ކަމްދަރު އަކީ އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ލެކްޗަރަރ އެއްގެ އިތުރުން އިސްލާމީ ނަޒަރަކުން ޓައިމް މެނޭޖްމަންޓް މިމައުޟޫޢަށް ލިޔެވިފައިވާ އެންމެ ފުރިހަމަ އެއް ފޮތް ކަމަށްވާ (ބަރަކާތް ލިބިގަތުން) މި ފޮތް ލިޔުއްވި މުއައްލިފެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކޮށް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ޝަކުވާއަކަށްވެފައި އޮންނަނީ އެމައްސަރުގެ ވަގުތުތައް މާ އަވަހަށް ފާއިތުވެގެން ދާހެން ހީވާ ވާހަކައެވެ. ނުވަތަ އެމައްސަރުގައި ކުރަން ބޭނުން އެތައް ކަމެއް ނުކުރެވި ދާ ވާހަކައެވެ. މިކަމުގެ ހަގީގީ ސަބަބަކީ، ވަގުތު ރަނގަޅުގޮތުގައި ބޭނުން ނުކުރެވުންކަން އެންމެންވެސް ޤަބޫލު ކުރެއެވެ. ނަމަވެސް މި ވަގުތުތައް އޭގެ އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަޅުގަނޑުމެންނަށް ރޭވުންތަކެއް ރޭވިފައި ނޯވެއެވެ. އަޅުގަނޑުމެން މިހުށަހަޅާ ލިޔުމުގައި ޝައިޚް އަބޫމުޢާވިޔާ ބަޔާންކުރައްވާފައިވާ 10 ނުކުތާއަކީ އަޅުގަނޑުމެންގެ ވަގުތުތައް އެދެވޭ ގޮތުގައި ހޭދަކުރުމަށްޓަކައި ބެލިދާނެ މުހިއްމުކަންތައްތަކެކެވެ. އެހެންކަމުން މި 10 ނުކުތާއަށް ޢަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ. މި މައްސަރުގެ ބަރަކާތް ލިބިގަތުމަށްޓަކައި މި މައްސަރުގެ ހުރިހާ ވަގުތެއް ވަރަށް ބޮޑަށް ރާވާލައިގެން ބޭނުން ކުރަމާ ހިނގާށެވެ. ފާއިތުވި ރަމަޟާން މަހުގައި ޙާޞިލްނުކުރެވުނު ކަންކަން މިރަމަޟާން މަހުގައި ހާޞިލްކުރުމަށްޓަކައި ޢަޒުމު ކަނޑައަޅަމާ ހިނގާށެވެ.

ޞަފްޙާގެ ޢަދަދު: 8
ފައިލް ސައިޒް: 592 ކިލޯބައިޓް
ފައިލް ބާވަތް:

  ނޫރުލްއިސްލާމް ލައިބްރަރީ އަކީ:
 

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.

މީގެ ކުރިންވެސް މި ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.

މި ލައިބްރަރީގައި ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ ހިމަނާފައެވެ.

އަބަދުވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

=އެޑިޓަރ=

 
 
 

ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ ނޫރުލްއިސްލާމްގެ އެއްވެސް މާއްދާއެއް ލިޔުމުން ހުއްދަ ލިބިގެން މެނުވީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހިލޭ ބެހުމަށްޓަކައި މި ވެބްސައިޓުގައިވާ ކޮންމެ މާއްދާއެއްވެސް ބޭނުންކުރުމުގެ ހުއްދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެން ވެއެވެ.
ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓް ނެޓްވޯކް 2011