ފުރަތަމަ ޞަފްޙާ | އަޤީދާ | ޤުރްއާނުގެ ޢިލްމާއި ތަފްސީރު | ޙަދީޘް ޢިލްމު | ފިޤްހު | ޢިލްމީ ރައްދު | ފަތުވާ އާއި ސުވާލާއިޖަވާބު | ނަބަވީ ސީރާއާއި ތާރީޚް
އިސްލާމީ ތަރުބިއްޔަތު | އަންހެނުންނާއި މުސްލިމް ޢާއިލާ | ފަހުގެ މައްސަލަތައް | ފިޤްހު އެކެޑެމީގެ ޤަރާރުތައް | ދުޢާ | އެހެނިހެން

 
 
 
  Noorul-islam.NET LIBRARY :: كِتَابُ الصَّلاَةِ - ނަމާދުގެ ޙުކުމްތައް
ލައިބްރަރީ » ފިޤްހާއި އަޅުކަން »

كِتَابُ الصَّلاَةِ - ނަމާދުގެ ޙުކުމްތައް

ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް
ކުރު ޚުލާޞާ:

މިފޮތުގައި ނަމާދަކީ ކޮބައިކަމާއި، ނަމާދުގެ މުހިއްމު ކަމާއި ނަމާދު އެޅުމުގައި ހުރި ބިރުވެރިކަމާއި، ބަންގިއާއި ޤަމަތާއި، ނަމާދު ވަޤުތުތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގައި ކިޔާނޭ ދުޢާތަކާއި، ހުކުރު ނަމާދާއި، ޢީދު ނަމާދާއި ސުންނަތް އެކިއެކި ނަމާދު ތަކާއި، ދަތުރު މަތީ ނަމާދާއި ބަލިމީހާގެ ނަމާދާއި، ދޯންޏެއް ނުވަތަ މަތިންދާބޯޓެއްގައި ނަމަ ނަމާދު ކުރާނީ ކިހިނަކުންކަން ވަރަށް ތަފްޞީލުކޮށް ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މިނޫންވެސް ނަމާދާއި ގުޅޭ ހަމަ ހުރިހާ ކަމެއްހެން މިފޮތުގައި ބަޔާންކުރެވިފައިވެއެވެ. މިފޮތުގައި ހިމެނޭ ބައިތައް ޞަފްޙާ ނަމްބަރާއި އެކީ ބެއްލެވުމަށް ފޮތުގެ 302ވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.

ޞަފްޙާގެ ޢަދަދު: 312 ޞަފްޙާ (އޭ4)
ފައިލް ސައިޒް: 3.17 މެގަބައިޓް
ފައިލް ބާވަތް:

  ނޫރުލްއިސްލާމް ލައިބްރަރީ އަކީ:
 

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.

މީގެ ކުރިންވެސް މި ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.

މި ލައިބްރަރީގައި ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ ހިމަނާފައެވެ.

އަބަދުވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

=އެޑިޓަރ=

 
 
 

ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ ނޫރުލްއިސްލާމްގެ އެއްވެސް މާއްދާއެއް ލިޔުމުން ހުއްދަ ލިބިގެން މެނުވީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހިލޭ ބެހުމަށްޓަކައި މި ވެބްސައިޓުގައިވާ ކޮންމެ މާއްދާއެއްވެސް ބޭނުންކުރުމުގެ ހުއްދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެން ވެއެވެ.
ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓް ނެޓްވޯކް 2011