ފުރަތަމަ ޞަފްޙާ | އަޤީދާ | ޤުރްއާނުގެ ޢިލްމާއި ތަފްސީރު | ޙަދީޘް ޢިލްމު | ފިޤްހު | ޢިލްމީ ރައްދު | ފަތުވާ އާއި ސުވާލާއިޖަވާބު | ނަބަވީ ސީރާއާއި ތާރީޚް
އިސްލާމީ ތަރުބިއްޔަތު | އަންހެނުންނާއި މުސްލިމް ޢާއިލާ | ފަހުގެ މައްސަލަތައް | ފިޤްހު އެކެޑެމީގެ ޤަރާރުތައް | ދުޢާ | އެހެނިހެން

 
 
 
  Noorul-islam.NET LIBRARY :: ކީރިތި ޤުރްއާނުގެ މާނައިގެ ދިވެހި ތަރުޖަމާ
ލައިބްރަރީ » ޤުރްއާނާއި ތަފްސީރު »

ކީރިތި ޤުރްއާނުގެ މާނައިގެ ދިވެހި ތަރުޖަމާ

ތަރުޖަމާ ކުރެއްވީ: ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ
ކުރު ޚުލާޞާ:

މިއީ ދިވެހި ބަހުން ޤުރްއާނުގެ މާނައިގެ ތަރުޖަމާ އެކުލަވާލެއްވުމަށް ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ކުރައްވާފައިވާ އަގުހުރި މަސައްކަތެކެވެ. މިފޮތް ޑައުންލޯޑުކުރައްވައި ބޭނުންކުރައްވާ ކޮންމެ ބޭފުޅަކުމެ، ޝޭޚަށް ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދި ދުޢާކޮށްދެއްވުން އެދެމެވެ. މި ތަރުޖަމާ ނޫރުލްއިސްލާމުން ނަގާފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓްގައި ތިން ފައިލެއްގެ ގޮތުގައި އަޕްލޯޑުކުރެވިފައިވަނިކޮށްނެވެ. ނޫރުލްއިސްލާމް ލައިބްރަރީގެ ފަރާތުން މިފައިލްތައް ނަގައި، އެއް ޕީޑީއެފް ފައިލްގެ ގޮތުގައި ޝާއިޢުކުރަނީ، މިއިން ދިވެހި ލޮބުވެތި ރައްޔިތުންނަށް މަންފާއެއް ލިބުމުގެ އުއްމީދުގައެވެ.

ޞަފްޙާގެ ޢަދަދު: އޭ4 ސައިޒުގެ 2338 ޞަފްޙާ
ފައިލް ސައިޒް: 28.2 މެގަބައިޓް
ފައިލް ބާވަތް:

  ނޫރުލްއިސްލާމް ލައިބްރަރީ އަކީ:
 

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.

މީގެ ކުރިންވެސް މި ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.

މި ލައިބްރަރީގައި ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ ހިމަނާފައެވެ.

އަބަދުވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

=އެޑިޓަރ=

 
 
 

ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ ނޫރުލްއިސްލާމްގެ އެއްވެސް މާއްދާއެއް ލިޔުމުން ހުއްދަ ލިބިގެން މެނުވީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހިލޭ ބެހުމަށްޓަކައި މި ވެބްސައިޓުގައިވާ ކޮންމެ މާއްދާއެއްވެސް ބޭނުންކުރުމުގެ ހުއްދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެން ވެއެވެ.
ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓް ނެޓްވޯކް 2011