ފުރަތަމަ ޞަފްޙާ | އަޤީދާ | ޤުރްއާނުގެ ޢިލްމާއި ތަފްސީރު | ޙަދީޘް ޢިލްމު | ފިޤްހު | ޢިލްމީ ރައްދު | ފަތުވާ އާއި ސުވާލާއިޖަވާބު | ނަބަވީ ސީރާއާއި ތާރީޚް
އިސްލާމީ ތަރުބިއްޔަތު | އަންހެނުންނާއި މުސްލިމް ޢާއިލާ | ފަހުގެ މައްސަލަތައް | ފިޤްހު އެކެޑެމީގެ ޤަރާރުތައް | ދުޢާ | އެހެނިހެން

 
 
 
  Noorul-islam.NET LIBRARY :: ނަމާދުގެ ޙަރަކާތްތައް (ކުޑަކުދިންނަށްޓަކައި)
ލައިބްރަރީ » އިސްލާމީ ތަރުބިއްޔަތު »

ނަމާދުގެ ޙަރަކާތްތައް (ކުޑަކުދިންނަށްޓަކައި)

އެކުލަވާލެއްވީ: މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)
ކުރު ޚުލާޞާ:

މިފޮތުގައި އެކުލެވިފައިވަނީ، ނަމާދުގެ ޙަރަކާތްތަކުގެ ކުރެހުންތަކެކެވެ. މީގެ ބޭނުމަކީ، ދިވެހި މުސްލިމު ތުއްތުކުދިންނަށް، ނަމާދުގެ ޙަރަކާތްތައް ދަސްކޮށްދިނުމެވެ. ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނޭވެ! ތިބާގެ ދަރިއަށް ނަމާދު ކުރަން ދަސްކޮށްދޭށެވެ. އަދި އެކަމަށް އެދަރިފުޅު އާދަކުރުވާށެވެ. ހަނދުމަ ކުރައްވާށެވެ! ތިބާގެ ދަރިފުޅަށް ތިބާ ނަމާދު ދަސްކޮށް ދިނުމަށްފަހު، އެދަރިފުޅުގެ ޙަޔާތުގައި، ކުރާ ކޮންމެ ނަމާދެއްގެ ސަވާބުން އެއްވެސް މިންވަރެއް އުނިވުމަކާއި ނުލައި ތިބާއަށް ލިބޭނެއެވެ. ދުޢާއަކީ، މީގައި އެކުލެވިފައިވާ ތަސްވީރުތަކުގެ ސަބަބުން ދަރިންނާއި ދަރިވަރުންނަށް ނަމާދު އުނގަންނައި ދިނުމަށް އެހީއަކަށް ވެގެން ދިޔުމެވެ.

ޞަފްޙާގެ ޢަދަދު: އޭ4 ސައިޒްގެ 13 ޞަފްޙާ
ފައިލް ސައިޒް: 4.85 މެގަބައިޓް
ފައިލް ބާވަތް:

  ނޫރުލްއިސްލާމް ލައިބްރަރީ އަކީ:
 

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.

މީގެ ކުރިންވެސް މި ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.

މި ލައިބްރަރީގައި ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ ހިމަނާފައެވެ.

އަބަދުވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

=އެޑިޓަރ=

 
 
 

ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ ނޫރުލްއިސްލާމްގެ އެއްވެސް މާއްދާއެއް ލިޔުމުން ހުއްދަ ލިބިގެން މެނުވީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހިލޭ ބެހުމަށްޓަކައި މި ވެބްސައިޓުގައިވާ ކޮންމެ މާއްދާއެއްވެސް ބޭނުންކުރުމުގެ ހުއްދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެން ވެއެވެ.
ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓް ނެޓްވޯކް 2011