ދިވެހި ރައްޔިތުންގެ
ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ
ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް
ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް
މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.
އޭގެ ފަސް އަހަރު ފަހުން
މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް
މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.
މީގެ ކުރިންވެސް މި
ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން
ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ
ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.
މި ލައިބްރަރީގައި
ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި
މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ
ހިމަނާފައެވެ.
އަބަދުވެސް ތިޔަ
ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ
ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު
ދަންނަވަމެވެ.
=އެޑިޓަރ=
|