ފުރަތަމަ ޞަފްޙާ | އަޤީދާ | ޤުރްއާނުގެ ޢިލްމާއި ތަފްސީރު | ޙަދީޘް ޢިލްމު | ފިޤްހު | ޢިލްމީ ރައްދު | ފަތުވާ އާއި ސުވާލާއިޖަވާބު | ނަބަވީ ސީރާއާއި ތާރީޚް
އިސްލާމީ ތަރުބިއްޔަތު | އަންހެނުންނާއި މުސްލިމް ޢާއިލާ | ފަހުގެ މައްސަލަތައް | ފިޤްހު އެކެޑެމީގެ ޤަރާރުތައް | ދުޢާ | އެހެނިހެން

 
 
 
  Noorul-islam.NET LIBRARY :: މައްޔިތާގެ ހަދިޔާ
ލައިބްރަރީ » ފިޤްހާއި އަޅުކަން »

މައްޔިތާގެ ހަދިޔާ

ލިޔުއްވީ: ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދު
ކުރު ޚުލާޞާ:

ތިޔަބޭފުޅުންގެ އަތްޕުޅުގައި މިވަގުތު ތިޔަ އޮތް ކުޑަކުޑަ، އެކަމަކު ބޭނުންތެރި ފޮތަކީ، ފަޟީލަތުއްޝައިޚް ޢަބްދުއްލަތީފް ޢީސާ ނަމަކަށްކިޔުނު ބޭކަލަކު ލިޔުއްވާފައިވާ ފޮތެކެވެ. މައްޔިތާއަށް ހެޔޮ އެދިގެން ކުރުމަށް އަންގަވާފައިވާ ކަންތައްތައް ކީރިތި ޤުރްއާނާއި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގެ އަލީގައި މިފޮތުގައި ބަޔާންކުރައްވާފައިވަނީ ކިޔާ އެއްވެސް މީހަކަށް އޮޅުމެއް ނުވާފަދަ ސާފުސީދާ ޢިބާރާތުންނެވެ. ފޮތުގެ ބޭނުންތެރިކަމަށްޓަކައި ދިވެހި ބަހަށް ތަރުޖަމާކޮށްލާ ހިތްވީ އަޅުގަނޑުމެންގެ މުސްލިމު އަޚުންނަށް މިފޮތުގެ މަންފާ ޢާއްމުވުން އެދިގެންނެވެ. އަޅުގަނޑުގެ އެދުމަކީ މިހާރު ނިޔައުވެފައިވާ އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނަށް މިފޮތްވިދާޅުވާ ބޭފުޅުން ހެޔޮ ދުޢާ ކޮށްދެއްވުމެވެ. އަދި މިމަސައްކަތަކީ ﷲ ގެ ރުއްސެވުން އެދިގެން ކުރެވުނު އިޚްލާޞްތެރި މަސައްކަތެއްކަމުގައި ލެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ޞަފްޙާގެ ޢަދަދު:
ފައިލް ސައިޒް:
ފައިލް ބާވަތް:

  ނޫރުލްއިސްލާމް ލައިބްރަރީ އަކީ:
 

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުން ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނޫރުލްއިސްލާމް ވުޖޫދަށް އައެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހަދިޔާ ކުރަނީ އިސްލާމީ އޮންލައިން ލައިބްރަރީއެކެވެ.

މީގެ ކުރިންވެސް މި ސައިޓުގައި ޝާއިޢު ކުރެވިފައިވީ ބައެއް ފޮތްތަކުގެ އިތުރުން ދިވެހި ބަހުން ލިޔެވި، އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފޮތްތަކެއް ހިމަނައިގެން މި ލައިބްރަރީ ފަށައިގަންނަމެވެ.

މި ލައިބްރަރީގައި ޕީޑީއެފް ފައިލްތަކާއި، މައިކްރޯސޮފްޓް ވޯޑް ފައިލްތައް އަދި މައިކްރޯސޮފްޓް ޕަވަޕޮއިންޓް ޕްރެސެންޓޭޝަންތައް ވާނީ ހިމަނާފައެވެ.

އަބަދުވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ނޫރުލްއިސްލާމާމެދު ބާއްވާ ޚާއްޞަ ގާތްކަން ފާހަގަކޮށް، އެކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

=އެޑިޓަރ=

 
 
 

ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ ނޫރުލްއިސްލާމްގެ އެއްވެސް މާއްދާއެއް ލިޔުމުން ހުއްދަ ލިބިގެން މެނުވީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ހިލޭ ބެހުމަށްޓަކައި މި ވެބްސައިޓުގައިވާ ކޮންމެ މާއްދާއެއްވެސް ބޭނުންކުރުމުގެ ހުއްދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެން ވެއެވެ.
ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓް ނެޓްވޯކް 2011